Location via proxy:   [ UP ]  
[Report a bug]   [Manage cookies]                

މި އަހަރު މާލޭގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރީ މިދިޔަ ބުރާސްފަތި ދުވަހު

ގެއެއްގެ ލައިޓް ސްވިޗުތައް: މި އަހަރު މާލެ ސަރަހައްދުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ފަހުމީ ވިދާޅުވި -- ސަން ފޮޓޯ

މި ދުވަސްވަރު އިހުސާސްކުރެވޭ ހޫނުމިން މަތިވަމުން އަންނައިރު، މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ މިއަދު ވިދާޅުވެއްޖެއެވެ.

ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ދުވަސްވަރަކީ ރާއްޖެއަށް ހޫނު ދުވަސްވަރަކަށްވުމާއެކު، އިހުސާސްކުރެވޭ ހޫނުމިން މަތިވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންވެ، އެންމެން ވެސް ކަރަންޓު ބޭނުންކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޚާއްސަކޮށް އޭސީ ފަދަ ތަކެތި ބޭނުންކުރާއިރު، އޭގެ ފިނިކަން 25 ޑިގްރީއަށްވުރެ ދަށް ނުކުރުމަށާއި، ކޮންމެހެން ބޭނުންވާ މިންވަރަށް މެނުވީ ކަރަންޓު ބޭނުން ނުކުރުމަށް އިލްތިމާސް ކުރަން. މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު،" ފަހުމީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ދުވަހުގެ 15:00ގެ ނިޔަލަށް 114 މެގަވޮޓްގެ ކަރަންޓު ބޭނުންކޮށްފައިވާ ކަމަށާއި މިއަދުގެ 13:00ގެ ނިޔަލަށް ވެސް، މާލޭގެ ލޯޑް ހުރީ 111 މެގަވޮޓްގައި ކަމަށެވެ.

"އެހެންކަމުން އަޅުގަނޑުމެން އެންމެން މިކަމަށް ސަމާލުވެ، ފަރުދީގޮތުން ކަރަންޓު އިގްތިސާދު ކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކޮށްދިނުމަކީ މުޖުތަމަޢުއާއި އަމިއްލަ ލާބައާއި މަންފާއަށް ކުރެވޭ ވަރަށް މުހިންމު ކަމެއް،" ފަހުމީ ވިދާޅުވިއެވެ.

އޭނާ ވަނީ، ކަރަންޓު ހެޔޮގޮތުގައި ބޭނުންކޮށް، އިސްރާފު ނުކުރުމަށް އިލްތިމާސްކުރައްވައިފައެވެ.

ހޫނު ދުވަސްތަކާ ދިމާކޮށް ކަރަންޓު ބިލު ބޮޑުވެ، އާންމުންގެ ޝަކުވާ ގިނަވެއެވެ. އެހެންވެ އެފަދަ ދުވަސްތަކުގައި، ކަރަންޓު އިގުތިސާދު ކުރުމަށް ސްޓެލްކޯއިން ހަނދާންކޮށްދެއެވެ.

https://sun.mv/203311

މީގެ ކުރިން ފަހުމީ ވަނީ، މި ސަރުކާރުގައި ވެސް އަދި ކުރީ ސަރުކާރުތަކުގައި ވެސް ސްޓެލްކޯއިން ކަރަންޓަށް ބިލުކޮށްފައި ހުންނާނީ ރީޑިން ނަގައިގެން މީޓަރަށް އަރާ ވަރަށް ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

comment ކޮމެންޓް