Location via proxy:   [ UP ]  
[Report a bug]   [Manage cookies]                

ކުއްޖާ ވެއްޓުނު މައްސަލައި: މިނިސްޓަރު އައިޝަތު ޝިހާމާއި އިހުސާނަށް ސުވާލުކުރަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް: އޭނާ ވަނީ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އަންހެން ކުއްޖާގެ މައްސަލައިގައި ދެ މިނިސްޓަރަކާ ސުވާލުކުރުމަށް ހުށަހަޅުއްވާފައި --- ފޮޓޯ/ މަޖިލިސް

މިދިޔަ ހުކުރު ދުވަހު ހެނދުނު ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ޒުވާން އަންހެން ކުއްޖާގެ މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓަރު ޑރ. އައިޝަތު ޝިހާމްއާ ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

އެ މިނިސްޓަރުންނާ ސުވާލުކުރުމަށް ނޯޓިސް ހުށަހެޅީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަޙުމަދު ނަސީމެވެ.

އެގޮތުން، މިނިސްޓަރު އިހުސާނާ ކުރުމަށް ހުށަހަޅާފައިވާ ސުވާލުގައި ވަނީ، އެ މައްސަލައިގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުށުގެ ވެއްޓާ ގުޅުން ހުރި ގެތަކުގެ ނަން ހާމަނުކޮށް ސިއްރުކުރުމާއި ތުހުމަތުކުރެވޭ މީހުންގެ ވަނަވަރު ހާމަކުރުމުގައި ތަފާތު ކުރުން ގެންގުޅުމާ ގުޅޭ ގޮތުންނެވެ.

ހޯމް މިނިސްޓަރު އިހުސާން މަޖިލީހުގައި: މީކާއިލް ވަނީ ފުރާޅެއްގެ މައްޗަށް ވެއްޓުނު އަންހެން ކުއްޖާގެ މައްސަލައިގައި މިނިސްޓަރާ ސުވާލުކުރުމަށް ހުށަހަޅުއްވާފައި -- ފޮޓޯ/ މަޖިލިސް

މިނިސްޓަރު އައިޝަތު ޝިހާމާ ކުރުމަށް ހުށަހަޅާފައިވާ ސުވާލަކީ، އަންހެން ކުއްޖާގެ ހަށިގަނޑާއި ހެދުމުން ސާމްޕަލް ނަގައި، ފޮރެންސިކް ތަހުލީލު ކުރުމަކީ ލާޒިމު ކަމެއް ކަމަށްވާއިރު، ސާމްޕަލް ނެގުމުގައި ކަނޑައަޅާފައިވާ މުއްދަތު ފަހަނައަޅައި ދިޔުމާ ގުޅޭ ގޮތުންނެވެ.

އެ މައްސަލައިގައި ފުލުހުން އަމަލުކުރިގޮތުގެ ޕާލިމަންޓްރީ އިންކުއަރީއެއް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ހަދައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވެސް މިއަދު ވަނީ ހުށަހަޅުއްވާފައެވެ.

https://sun.mv/205168

އެ މައްސަލައިގައި ރޭ ފުލުހުންގެ އޮފީސް ދޮށަށް އެއްވެ ގިނަ އަދަދެއްގެ ޒުވާނުން ވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ. ޒުވާނުން ބުނެފައިވަނީ، ފުލުހުން ތިބީ ފައިސާއަށް ވިކިފައިކަމަށާއި، މި މައްސަލައިގައި ވަރަށް ބޮޑަށް ކަންކަން ސިއްރުކުރަން އުޅޭ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި، ޒުވާން އަންހެން ކުއްޖާ ވެއްޓުނު ގޮތާމެދު އުފެދޭ އެންމެހާ ސުވާލުތަކަށް މިހާރުން މިހާރަށް ޖަވާބު ދިނުމަށް ވެސް ވަނީ ގޮވާލާފައެވެ.

ފުލުހުން އާންމުކޮށް ހުޅުވައިނުލައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކުރި މައުލޫމާތުތައް އާންމުނަށް ތިލަވުމާ އެކު އެ މައްސަލައިގައި ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ. އެއީ، އެހެންޏާ މި ފަދަ މައްސަލަތަކުގައި ފުލުހުން އަމަލުކުރަމުންދާ އުސޫލުން ބޭރުން އަމަލުކުރަނީ ކަމަށް ބުނެއާއި، މި މައްސަލައިގެ ބައެއް މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ދެކޮޅު ހަދާތީއެވެ.

އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމް -- ފޮޓޯ/ މިނިސްޓްރީ

ފުލުހުން ބުނި ގޮތުގައި ތަހުގީގަށް މިހާތަނަށް އެނގެނީ އެ ކުއްޖާ އަމިއްލައަށް ވެއްޓުނީ ކަމަށެވެ.

ފުލުހުން ކިޔައިދިން ގޮތުގައި ހާދިސާ ހިނގުމުގެ ކުރިން، އެ ރޭ އެ އަންހެން ކުއްޖާއާ އެކު އިތުރު ހަތް މީހަކު އުޅުނެވެ. އެއީ، ޖުމުލަ ތިން އަންހެނުންނާއި ފަސް ފިރިހެނުންނެވެ.

އެ މީހުން އެރޭ 12:30 އެހާކަންހާއިރު ގޮސް ވަނީ މާލޭގެ މެދުތެރޭގައި ހުރި ގެއަކަށެެވެ. އެ ގެއިން އެ މީހުން ނުކުތީ 3:40 އެހާކަންހާއިރެވެ. އެއަށް ފަހު، އޭގެ ތެރެއިން ހަތަރު މީހަކު 4:00 އެހާކަންހާއިރު ގޮސް އަމީނީ މަގުގައި ހުރި ގެއަކަށް ކަމަށް ފުލުހުން ބުންޏެވެ.

އޭގެ 10 ވަރަކަށް މިނެޓު ފަހުން އެ ގެއިން ދެން ނުކުތީ އަންހެން ކުއްޖާއާއި، އޭނާއާ އެކު އުޅުނު ފިރިހެން ކުއްޖެކެވެ. އެ ދެ މީހުން މަގުމަތީގައި އެ ވަގުތު އުޅުނީ ވެސް ހުސްފަޔާއެވެ.

އަންހެން ކުއްޖާ ބުރުޒު މަގުގައި ހުންނަ ހ. ފެންޓެނޯއީއަށް ވަތް ފަހުން، އޭނާގެ ފަހަތުން ފިރިހެން ކުއްޖާ ވެސް ދުވެފައި ގޮސް އެގެއަށް ވަންނަ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނެއެވެ.

comment ކޮމެންޓް