Location via proxy:   [ UP ]  
[Report a bug]   [Manage cookies]                

އައިކެއާއިން އަނެއްކާ ވެސް 50 އިންސައްތަ ޑިސްކައުންޓާ އެކު ބޮޑު ޕްރޮމޯޝަނެއް

އައިކެއާއިން އަނެއްކާވެސް 50% ޑިސްކައުންޓާއެކު ޕްރޮމޯޝަންތަކެއް -- ފޮޓޯ/ އައިކެއާ

އައިކެއާއިން އޮޕްޓިކަލްސްއިން އަނެއްކާ ވެސް 50 އިންސައްތަ ޑިސްކައުންޓާ އެކު ވަރަށް ޚާއްސަ ޕްރޮމޯޝަންތަކެއް ފަށައިފިއެވެ.

އައިކެއާއިން ބުނީ، މި ފަހަރުގެ ޕްރޮމޯޝަނުގައި މައިގަނޑު ތިން އޮފާއެއް ހިމަނާފައިވާ ކަމަށެވެ.
އެ ގޮތުން، މި ޕްރޮމޯޝަނުގައި ހިމެނެނީ:

ނަންބަރު އަވިއައިނު ލެންސުން 50 އިންސައްތައާ ހަމައަށް ޑިސްކައުންޓް

މި އޮފާގެ ދަށުން އައިކެއާއިން ފްރޭމެއް ނުވަތަ އަވި އައިނެއް ގަތުމަށް ފަހު ޕްރެސްކްރިޕްޝަން ލެންސެއް ލައްވަން ބޭނުންފުޅު ނަމަ ނުވަތަ ނަންބަރު އަވިއައިނަކަށް ބަދަލުކޮށްލަން ބޭނުން ނަމަ 50 އިންސައްތައާ ހަމައަށް ލެންސުން ޑިސްކައުންޓް ލިބޭނެ ކަމަށް އައިކެއާއިން ބުންޏެވެ.

އިތުރު ނަންބަރު އައިނެއް ހައްދާނަމަ 50 އިންސައްތަ ޑިސްކައުންޓް

މި އޮފާގެ ދަށުން އައިކެއާއިން ނަންބަރު އައިނެއް ހެއްދުމަށް ފަހު އިތުރު އައިނެއް ހައްދަން ބޭނުންފުޅުނަމަ ވެސް 50 އިންސައްތަ ޑިސްކައުންޓް ދެވަނަ އައިނުން ލިބޭނެ ކަމަށް އައިކެއާއިން ބުނެއެވެ.

ހަފުތާގެ ޚާއްސަ ބްރޭންޑްތައް – 30 އިންސައްތަ ޑިސްކައުންޓް

އައިކެއާއިން ބުނީ، މި އޮފާގެ ދަށުން މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހުން ފެށިގެން އަނެއް ހަފުތާގެ އާދިއްތަ ދުވަހަށް ހޮވައިލެވޭ ދެ ބްރޭންޑެއްގެ އަވިއައިނުން 30 އިންސައްތަ ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އެހެންކަމުން ކޮންމެ ދުވަހަކު ވެސް ކޮންމެ ވެސް ދެ އަވިއައިނު ބްރޭންޑަކުން 30 އިންސައްތަ ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އައިއެއާއިން ބުނީ، އައިކެއާގެ ހުރިހާ ފިހާރަތަކެއްގައި މި ޕްރޮމޯޝަންތައް އަންނަ ޖޫން މަހުގެ 30 ވަނަ
ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް