Location via proxy:   [ UP ]  
[Report a bug]   [Manage cookies]                

ސަލްމާން މިސްކިތުގައި މިރޭ އިމާމުވެ ނަމާދު ކުރައްވާނީ ނަބަވީގެ އިމާމު

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިރޭ މާލޭގެ ސަލްމާނު މިސްކިތުގައި އިމާމުވެ މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ކުރައްވާނީ މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.

މިއީ ޞަލާޙުލް ބުދައިރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިމާމުވެ ނަމާދު ކުރައްވާ ފުރަތަމަ ފަހަރެވެ.

މިއީ ނަބަވީގެ އިމާމުގެ ފަހަތުގައި ޖަމާއަތުގައި ނަމާދު ކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. މާލެއަށް މިރޭގެ މަޣްރިބް ނަމާދު ވަގުތު ވާނީ އިރުއޮއްސި 18:13 ގައެވެ. އަދި ޢިޝާ ނަމާދު ވަގުތު ވާނީ 19:27 ގައެވެ.

މީގެ އިތުރުން މާދަމާ ރޭ އިސްލާމީ މަރުކަޒުގައި, ޞަލާހުލް ބުދައިރު އިމާމުވެ ޢިޝާ ނަމާދު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، ޢިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ޚާއްސަ ދަރުހެއް ދިނުމަށް ވަނީ ނިންމައިފައެވެ.

ފަސް ދުވަހުގެ ދަތުރުފުޅެއްގައި ބުދައިރު ރާއްޖެ ވަޑައިގަތީ ހޯމަ ދުވަހުގައެވެ. އިއްޔެ ހެނދުނު އިމާމު މާލެއަށް ވަޑައިގަންނަވައި، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަރިހަށް ވަނީ އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ވެރިންނާއި މުވައްޒަފުންނާ ބައްދަލު ކުރެއްވުމުގެ އިތުރުން ހުކުރު މިސްކިތަށް ވެސް ވަނީ ވަޑައިގެންފައެވެ.

comment ކޮމެންޓް